[ޒީރޯ ޑިސްޓެންސް]: (ޢަދުއްވުންގެ ތެރެއަށް، އެއްވެސް ބިރެއް ނެތި ވަދެ، ޙަމަލާ ދިނުން)؛

ޒީރޯ ޑިސްޓެންސަކީ ޣައްޒާގެ ހަނގުރާމާގައި މުޖާހިދުންގެ ފެކްޝަންތަކުން ބޭނުންކުރަމުންއަންނަ އާދަޔާ ޚިލާފު އުކުޅެކެވެ. މުޖާހިދުން މި އުކުޅު ބޭނުންކުރަންފެށީ އިޒްރޭލުގެ ލަޝްކަރާއި މުޖާހިދުންނާ ދެމެދު މިހާރު ހިނގަމުންމިދާ ހަނގުރާމަ، "އަޤްޞާގެ ޠޫފާނު] ގައެވެ. 

މި އުކުޅު ބޭނުންކުރެވެނީ އިދިކޮޅު ލަޝްކަރުގެ ހަނގުރާމަވެރިންނާ ސިޓީތަކުގެ ތެރޭގައި ކުރިމަތިލުމަށެވެ. މިކަމުގައި މުޖާހިދުން ކަންތައް ކުރާ ގޮތަކީ، އިދިކޮޅު ހަނގުރާމަވެރިންނާ، ނުވަތަ އެމީހުންބޭނުންކުރާ ޓޭންކްފަދަ ޢަސްކަރީ އުޅަނދުތަކާ، ވީހާވެސް ކައިރިއަށް ނިކުމެ، ވަގުތުން ޙަމަލާ ދެނީއެވެ. 

މި އުކުޅު ބޭނުންކުރުން ބިނާވެފައި އޮންނަނީ، ދެފަރާތުން ކުރިމަތިލާ ގޮތެއްގެ މައްޗަށެވެ. އެއް ޢިމާރާތެއްގެ ތެރޭގައި، ނުވަތަ ކުޑަ ގޮޅިއެއްގެ ތެރޭގައި، ނުވަތަ ދެ ލަޝްކަރުގެ ހަނގުރާމަވެރިން، އެއްބަޔަކު އަނެއް ބަޔަކާ ވަރަށް ކައިރީގައި ވާ ޙާލަތުގައެވެ. މިފަދަ ޙާލަތްތަކުގައި މުޖާހިދުންގެ ފެކްޝަންތަކުން ހަދާ ގޮތަކީ، ކުއްލިއަކަށް ހޮހަޅަ ތަކުން ނިކުމެ ދުޝްމަނުންގެ ޓޭންކުތަކުގައި ނުރައްކާތެރި ގޮވާ ތަކެތި ހަރުކުރަނީއެވެ. މިގޮތުން ކުރިމަތިލުމުގައި ޢާއްމު ގޮތެއްގައި ހުންނަނީ ފަންސާސް މީޓަރާއި ސަތޭކަމީޓަރާ ދެމެދުގެ ދުރުމިނެކެވެ. 

ސިޓީތަކުގައި ކުރާ ހަނގުރާމަ ވެގެން ދަނީ، ހީކުރާވަރަށްވުރެ މާ އުނދަގޫ ކަމަކަށެވެ. ޚާއްޞަ ގޮތެއްގައި، ޣައްޒާއަކީ ރަށްވެހިން ގިނަވުމުގެ ސަބަބުން ތޮއްޖެހިފައިވާ ރަށަކަށްވެފައި، އެފަދަ ބިމެއްގައި ހަނގުރާމަކުރުމަށް ކުރަންޖެހޭ ޚަރަދުކުރަން ޖެހޭ މިންވަރުގެ ބޮޑުކަމެވެ.  

އެހެންކަމުން އެމެރިކާގެ ރައީސް ޖޯބައިޑަން ވަނީ އެފަދަ ހަނގުރާމައެއްގެ ތެރެއަށް ނުވަނުމަށް އެތައްފަހަރެއްގެ މަތިން ނަތަންޔާހޫއަށް އިރުޝާދު  ދީފައެވެ. އަދި ޢިރާޤުގެ މޫޞަލް އާއި ފައްލޫޖާގައި،  އެމެރިކާ ކުރި ހަނގުރާމާގައި ހެދިފައިވާ ކުށްތަކުން ޢިބްރަތް ލިބިގަތުމަށް، ބައިޑަން ވަނީ، ނަތަންޔާހޫއަށް ނަޞީޙަތްތެރި ވެފައެވެ. 

ޢަދުއްވުން ޣައްޒާގެ ބިން އަލިފާން ބޯޅައަކަށް ހެދުމަށްފަހު، ޣައްޒާގެ ޢިމާރާތްތައް ފުނޑުފުނޑުކޮށް ހަތަރެސްކަން ގޮޅިތަކަކަށް ހަދައި، އެ ތަންތަނަށް ވެރިވެގަންނަނީ މި ސަބަބާ ހުރެއެވެ. އަދި  ރަށްވެހިން ޣައްޒާ ދޫކޮށް ޚާން ޔޫނުސް އަށާއި ރަފަޙް އަށް ދިއުމަށް، ޕްރެޝަރު ކުރި ސަބަބކީވެސް މިއީއެވެ.