އިސްރާގެ ތައާރުފް

ބަދަހި ޓީމެއް. ދިގު ހަނދާންތަކެއް.

އިސްރާ ޖަމްޢިއްޔާއަކީ 2014 ގައި ރަޖިސްޓްރީ ކުރެވި ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރާ ދިވެހި ޖަމްޢިއްޔާއެކެވެ.

ވިޝަން

ދިވެހި ރަޢްޔިތުން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހިރާއްޖޭގައި ކުރާ މަސައްކަތްތަކުގައި އިސްނެގުން.

ރިސާލަތު

އިސްރާ އެސޯސިއޭޝަން މަސައްކަތް ކުރާނީ ދިވެހިންނާއި ފަލަސްޠީނުގެ ރައްޔިތުންގެ މެދުގައިވާ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން، އެތެރެ އާއި ބޭރުގެ އެހީތެރިވާ ޖަމްޢިއްޔާތައް ގުޅިގެން، އެހީތެރިކަން ހޯދުމުގެ މަޝްރޫޢުތައް ރާވައި ހިންގައި، ފަލަސްޠީނުގެ ރަޢްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށެވެ.

ޤާއިމުވާ އުޞޫލުތައް

އަޅުގަނޑުމެންގެ އުޞޫލު
01

ދެފުއްފެންނަ

ކޮންމެ ރުފިޔާއެއް ހިސާބުކޮށްފައި، ކޮންމެ ރިޕޯޓެއް އޮޑިޓްކުރެވިފައި.

02

ބަހުގެ ކުރިން ޢަމަލު

ޝިޢާރުތަކުން ކުދިންގެ ޙާޖަތުތައް ފުދިގެން ނުދޭ.

03

މިނިވަންކަން

04

ޤަވާޢިދުން

އަޅުގަނޑުމެން ކުރާ ކަންތަކާއި ކުރާގޮތް.

އަޅުގަނޑުމެންގެ މަޤްޞަދުތައް

  1. މަސްޖިދުލް އަޤްޞާގެ އަހައްމިޔަތާބެހޭ ގޮތުން ދިވެހިރައްޔިތުން ހޭލުންތެރިކުރުމަށް ތަފާތު މަދަނީ ޖަމްޢިއްޔާތަކާއި ރައްޔިތުންނާއި އަދި ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުން.
  2. ފަލަސްޠީނުގެ ޤަޟިއްޔާއަށް ނަޞްރު ދިނުމާއި، އަދި މާއްދީ ގޮތުންނާއި މަޢުނަވީ ގޮތުން ވެދެވެން އޮތް އެހީތެރިކަމެއް އެންމެ މަތީ ދަރަޖާގައި ވުން.
  3. ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ބިމުގައި ޘާބިތުވެތިބުމަށް ވެދެވެން އޮތް ހުރިހާ ކަމެއްގައި ބައިވެރިވެ އަޑުއުފުލުން.

އަޅުގަނޑުމެން މަސައްކަތްކުރާގޮތް

  1. ބޭންކް ޓްރާންސްފަރ
  2. ޣައްޒާގައި މައިދާނުގައި ޤާއިމުވެތިބި ބައިވެރިން
  3. އަހަރީ ރިޕޯޓު.
  4. ފަންޑު ހޯދުމާއި ހޭލުންތެރިކުރުމުގެ ވޮލަންޓިއަރ އަތޮޅު ނެޓްވޯކެއް.
  5. ޝާއިޢުކުރެވޭ ޚަބަރުތައް.

ބައިވެރިވޭ

ވޮލަންޓިއަރ

އަތޮޅު ނެޓްވޯކުގައި ބައިވެރިވޭ.

އެދޭ

ޕާޓްނަރެއް ވޭ

ޝަރިކާތަކާއި މިސްކިތްތަކާ މަސައްކަތްކުރަން.

ޕާޓްނަރޝިޕް ވާހަކަ