ޔަތީމު ކުއްޖަކު ބަލަހައްޓަމާތޯ؟
މި މަޝްރޫޢަކީ ޞަހްޔޫނީންގެ އަނިޔާވެރިކަމުގެ ސަބަބުން ޣައްޒާގައި ޔަތީމުވެފައިވާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ފުރަތަމަ މަރުހަލާގައި ބެލެހެއްޓުމަށް ނިންމާފައިވަނީ އެއް އަހަރުގެ މުއްދަތަށް 50 ޔަތީމު ކުދިންގެ މަހު ޚަރަދެވެ.
0
ހޯދިފައި
1,260,000
އަމާޒު
0
ހަދިޔާކުރި ފަރާތްތައް
382
ބާކީ ދުވަސް
0٪ ހޯދިފައި
މަޝްރޫޢުގެ ޚުލާޞާ
މި މަޝްރޫޢުގައި ބައިވެރިވުމަށް ފަސޭހަކުރުމަށްޓަކައި މިވަނީ ތަފާތު ޕެކޭޖްތަކެއް ހެދިފައެވެ.
ޕެކޭޖް 1: މަހަކު 2100 ރުފިޔާ
(މި ޕެކޭޖަކީ ޔަތީމު ކުއްޖެއް ބެލެހެއްޓުމުގެ ޖުމްލަ ޚަރަދެވެ.)
ޕެކޭޖް 2: މަހަކު 1050 ރުފިޔާ
(މި ޕެކޭޖަކީ ޔަތީމު ކުއްޖެއްގެ ޚަރަދުގެ ½ ހިއްސާވާ ޕެކޭޖެކެވެ.)
ޕެކޭޖް 3: މަހަކު 700 ރުފިޔާ
(މި ޕެކޭޖަކީ ޔަތީމު ކުއްޖެއްގެ ޚަރަދުގެ ⅓ ހިއްސާވާ ޕެކޭޖެކެވެ.)
ޕެކޭޖް 4: މަހަކު 525 ރުފިޔާ
(މި ޕެކޭޖަކީ ޔަތީމު ކުއްޖެއްގެ ޚަރަދުގެ ¼ ހިއްސާވާ ޕެކޭޖެކެވެ.)
މަޝްރޫޢުގައި ބައިވެރިވާން ހަދަންވީ ކިހިނެއް؟
(މި ޕެކޭޖަކީ ޔަތީމު ކުއްޖެއް ބެލެހެއްޓުމުގެ ޖުމްލަ ޚަރަދެވެ.)
ޕެކޭޖް 2: މަހަކު 1050 ރުފިޔާ
(މި ޕެކޭޖަކީ ޔަތީމު ކުއްޖެއްގެ ޚަރަދުގެ ½ ހިއްސާވާ ޕެކޭޖެކެވެ.)
ޕެކޭޖް 3: މަހަކު 700 ރުފިޔާ
(މި ޕެކޭޖަކީ ޔަތީމު ކުއްޖެއްގެ ޚަރަދުގެ ⅓ ހިއްސާވާ ޕެކޭޖެކެވެ.)
ޕެކޭޖް 4: މަހަކު 525 ރުފިޔާ
(މި ޕެކޭޖަކީ ޔަތީމު ކުއްޖެއްގެ ޚަރަދުގެ ¼ ހިއްސާވާ ޕެކޭޖެކެވެ.)
މަޝްރޫޢުގައި ބައިވެރިވާން ހަދަންވީ ކިހިނެއް؟
މި މަޝްރޫޢުގައި ބައިވެރިވުމަށްޓަކައި، މި ފޯމު (https://forms.gle/kLRJeT84NSey5a1x5) ފުރާލައްވާ.
މަޝްރޫޢޫގެ ފަސްމަންޒަރާއި ބޭނުންތެރިކަން
މި ދީލަތި އެހީތެރިކަމުގެ ޕްރޮގްރާމަކީ، އެކުދިންގެ އަސާސީ ބޭނުންތައް ކަމަށްވާ ކާބޯތަކެތި، އަންނައުނު، ސާފުތާހިރުވުމަށް ބޭނުންވާ ސާމާނު، ތަޢުލީމީ ސާމާނު އަދި ދަތުރުފަތުރުގެ ޚަރަދު ފަދަ ކަންކަމަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭ އިންސާނީ އެހީތެރިކަމެކެވެ.
ލަނޑުދަނޑި
ޣައްޒާގައި ތިބި ޔަތީމުންގެ ތެރެއިން، 50 ޔަތީމު ކުދިންނަށް، ކޮންމެ ކުއްޖަކަށް މަހަކު 2100 ދިވެހި ރުފިޔާއަށްވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، އެކުދިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުން.
މަޤްޞަދުތައް
ޣައްޒާގައި ތިބި ޔަތީމުންގެ ތެރެއިން، 50 ޔަތީމު ކުދިންނަށް، ކޮންމެ ކުއްޖަކަށް މަހަކު 2100 ދިވެހި ރުފިޔާއަށްވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، އެކުދިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުން.
މަޤްޞަދުތައް
އަސާސީ ޚަރަދުތައް ފޫބެއްދުމަށް 50 ޔަތީމުންނަށް ސީދާ މަހުން މަހަށް ދޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުން. ޔަތީމުން ބަލަހައްޓާ ޢާއިލާތަކާއި ބަލަދުވެރިންނަށް ކުރިމަތިވާ މާލީ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުން. ޔަތީމުންގެ ހިތުގައި ރައްކާތެރިކަމާއި، ލޯތްބާއި، އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދިނުން. ސީދާ އަސަރު ފެންނަ، ހާމަކަން ބޮޑު، ވަޒަންކުރެވޭ ޕްރޮޖެކްޓަކަށް، ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުން.
އަމާޒުކުރެވިފައިވާ ފަންތިއާއި ހޮވުމުގައި ބަލާ މިންގަނޑުތައް
މި މަޝްރޫޢަކީ ޣައްޒާގައިތިބި ޔަތީމުންނަށް އަމާޒު ކުރެވޭ މަޝްރޫޢުއެކެވެ. އެންމެ ބޭނުންޖެހިފައިވާ ޙާލަތްތަކަށް އިސްކަން ދެވޭނެއެވެ. އެގޮތުން ބަލާނެ މިންގަނޑުތަކަކީ:
- ބައްޕަ ނުވަތަ ޢާއިލާ ބަލަހައްޓާ މައިގަނޑު ފަރާތް ނިޔާވެފައިވާ ޔަތީމު ކުދިން.
- އާމްދަނީއެއް ނުލިބޭ ނުވަތަ ދަތި ހާލުގައި އުޅޭ އާއިލާތަކުގެ ތެރޭގައި ދިރިއުޅެމުންދާ ޔަތީމު ކުދިން.
- ދާއިމީ އާމްދަނީއެއް ނުލިބޭ މައިން ނުވަތަ ގާތްތިމާގެ މީހުންގެ ބެލުމުގެ ދަށުގައި ތިބި ޔަތީމު ކުދިން.
- ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ނުވަތަ އެކިއެކި ކާރިސާތަކުގެ ސަބަބުން އަސަރުކޮށްފައިވާ އާއިލާތަކަށް ނިސްބަތްވާ ޔަތީމު ކުދިން.
- ތަޢުލީމާއި، ޞިއްޙަތާއި، އަދި ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި އަވަސް އެހީތެރިކަން ބޭނުންވެފައިވާ ޔަތީމު ކުދިން.
- ކުޑަކުދިންގެ ރައްކާތެރިކަމާއި އަމިއްލަ މިނިވަންކަމުގެ އުސޫލުތަކާ އެއްގޮތަށް، އަމަލީ ގޮތުން ހާލަތު ބަލައި ކަށަވަރުކޮށްފައިވާ ކުދިން.
މި މަޝްރޫޢުގެ ދަށުން ކޮންމެ ޔަތީމު ކުއްޖަކަށް މަހަކު 2100 ރުފިޔާގެ އެހީއެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ. މި ފައިސާ ޚާއްޞަކުރެވިފައިވަނީ އެ ކުދިންގެ ޒާތީ އަސާސީ ބޭނުންތައް ފުއްދުމަށެވެ. ފައިސާ ހަވާލުކުރާނެ ގޮތް ނިންމާނީ ކޮންމެ ކުއްޖެއްގެ ހާލަތަށާއި، މިކަމަށް ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކުގެ މައްޗަށް ބިނާކޮށްފައެވެ.
ދުވަހުން ދުވަހަށް ބޭނުންވާ ޒަރޫރީ ކަންކަމަށް އެހީތެރިވުން. ހެދުމާއި، ފައިވާނާއި، އަދި ސާފުތާހިރުކަމަށް ބޭނުންވާ ތަކެތި ހޯދައިދިނުން. ތަޢުލީމީ ޚަރަދުތަކާއި ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމުގައި އެހީތެރިވުން. ދަތުރުފަތުރުގެ ޚަރަދާއި، ޒާތީ އެހެނިހެން މުހިންމު ބޭނުންތައް ފުއްދައިދިނުން. ކުއްޖާގެ ކަރާމާތް ހިމާޔަތްކޮށް، ނަފްސާނީ އަދި އިޖުތިމާއީ ހަމަޖެހުން ގާއިމުކޮށްދިނުން.
އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތްތަކަށް އަރުވާ މެސެޖު
ޔަތީމު ކުއްޖަކު ބެލެހެއްޓުމަކީ ހަމައެކަނި ކޮންމެ މަހަކު ދޭ ފައިސާގެ މިންވަރެއް ނޫނެވެ. އެއީ އެހީތެރިވާނެ މީހަކު ނެތި، އުންމީދުތައް އާކޮށްދޭނެ ފަރާތަކަށް ބޭނުންވެފައިވާ ކުއްޖަކަށް ދެވޭ ރައްކާތެރިކަމާއި، އޯގާތެރިކަމާއި، އަދި ހަމަޖެހުމުގެ މެސެޖެކެވެ. މަހަކު 2100 ރުފިޔާގެ އެހީއަކުން، އެ ކުދިންގެ އިންސާނީ ކަރާމާތް ހިމާޔަތްކޮށް، އަސާސީ ބޭނުންތައް ފުއްދައިދިނުމުގައި ތިޔަބޭފުޅުންނަށް ބައިވެރިވެވޭނެއެވެ. މި ހުށަހެޅުމަށް އިޖާބަ ދެއްވައިގެން، ޣައްޒާގެ 50 ޔަތީމު ކުދިން ބެލެހެއްޓުމުގެ މަތިވެރި ފުރުސަތު ލިބިގެންދާނެއެވެ. މި މަސައްކަތަކީ ދެފުށް ފެންނަ، ނަތީޖާ ވަޒަންކުރެވޭ، އަދި ވަރަށް ރޭވުންތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ކޮންމެ އެހީއަކީ ރައްކާތެރިކަމަށް ހުޅުވޭ ދޮރެކެވެ. އަދި ކޮންމެ ހަދިޔާއަކީ ކުއްޖެއްގެ ހިތުގައި އުންމީދުގެ އޮށް އިންދައިދޭ ކަމެކެވެ.
މި މަޝްރޫޢު ކުރިއަށް ގެންދާނީ، ތުރުކީވިލާތުގެ ޚައިރުވޭ ފައުންޑޭޝަނާ
(Khair Way Foundation / Reg: 067-254-34) ގުޅިގެންނެވެ.
(Khair Way Foundation / Reg: 067-254-34) ގުޅިގެންނެވެ.
އަޅުގަނޑުމެން އެންމެން އެކުވެގެން ޔަތީމު ކުދިންގެ އަބުރުވެރިކަން ދަމަހައްޓައި، އެކުދިންގެ ކުރިމަގަށް އުންމީދީ ދޮރުތަކެއް ހުޅުވައިދެމާ ހިނގާށެވެ.