ފުރިހަމަކުރި
މި ފަހަރުގެ އުޟްޙިޔާ ޣައްޒާއަށް -1446
އުޟްޙިޔާގެ ގޮތުގައި ކަތިލުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ގެރިއެވެ، މިގޮތަށް ނިންމާފައިވަނީ ޖުމްލަ އަގަށް ބަލާއިރު ގެރި ކަތިލުމާއި ދަޅުގައި ބަންދުކޮށް ޣައްޒާއަށް ގެންދިޔުމަށް އަގު ހެޔޮވާތީއެވެ.
268,100
ހޯދިފައި
402,150
އަމާޒު
70
ހަދިޔާކުރި ފަރާތްތައް
66.7٪
ހޯދިފައިވާ
66.7٪ ހޯދިފައި
މާނައަކީ: އުޟްޙިޔާގެ ގޮތުގައި ގެރި ކަތިލާއިރު، ގެރީގައި 7 މީހަކަށް ހިއްސާ ވެވޭނެއެވެ. އެ ގޮތުން 7 މީހުން ބައިވެގެން 7 ހިއްސާ ގަނެ ގެރިއެއް ކަތިލެވޭނެއެވެ. މިސާލަކަށް ގެރިއެއްގެ ޖުމްލަ އަގަކީ، 26،810 ރުފިޔާއެވެ. 7 ބަޔަށް މި ޢަދަދު ބައި ކޮށްލީމަ ބަޔަކަށް ވާނީ 3830 ރުފިޔާއެވެ. 3830 ރުފިޔާ އަކީ އެކަކު ދައްކަން ޖެހޭ ވަރެވެ.
އުޟްޙިޔާގައި ޢާއިލާ ބައިވެރި ކުރެވޭނެއޭ ބުނަނީ ކިހިނެއް؟
މާނައަކީ: ތިމާ ކަތިލާ އުޟްޙިޔާ، ތިމާ ޚަރަދުކޮށް ބަލަހައްޓާ މީހުންގެ މަތިން ކަތިލެވިދާނެއެވެ. މިސާލަކަށް، އަޙްމަދު ގެރި ކަތިލުމުގައި ހިއްސާ ވާން ބޭނުންވެއެވެ. އެހެންވެ އޭނަ މި ގަތީ ގެރީގެ 1 ހިއްސާ އެވެ. އެއީ 3830 ރުފިޔާއަށެވެ. މި ކަތިލުމަކީ އަޙްމަދާއި އޭނަގެ އަނބިދަރިން އަދި (އޭނަ ޚަރަދުކޮށް ބަލަހައްޓާ ނަމަ އޭނަގެ މައިންބަފައިން) ގެ މަތިން ކަތިލާ ކަތިލުމެއް ގޮތުގައި ނިޔަތް ގަނެވިދާނެއެވެ.
އުޟްޙިޔާގެ 1 ހިއްސާ ގާތްތިމާގެ މީހުންނާއި ރައްޓެހިން ބައިވެގެން ގަނެވިދާނެތަ؟
އުޟްޙިޔާ ކަތިލާނެ ވަރު ނެތް މީހުންނަށް ޣައްޒާއަށް މަސް، ޞަދަޤާތް ކުރުމަށް ބައިވެރި ވެވިދާނެތޯ؟
އިސްރާ އެސޯސިއޭޝަނުން މި އަހަރު (1446) އުޟްޙިޔާ ކަތިލަނީ ކޮންތާކު؟ އަދި ކަތިލުމަށްފަހު ފޮޓޯ ވީޑިއޯ ހިއްސާ ކުރާނެތަ؟
އަޅުގަނޑުމެންގެ ހުރިހާ ޕްރޮޖެކްޓުތައް ވެސް ކުރިއަށް ދާއިރު އޭގެ ވީޑިއޯ ނުވަތަ ފޮޓޯ ހިއްސާ ކުރެވެމުންދެއެވެ. ﷲ އިރާދަކުރެއްވިއްޔާ މި ޕްރޮޖެކްޓުގެ ފޮޓޯ/ވީޑިއޯ ވެސް ހިއްސާ ކުރެވޭނެއެވެ.
އުޟްޙިޔާގެ މަސް ޣައްޒާއަށް ގެންދަނީ ކިހިނެތް؟
ޣައްޒާއަށް ވެއްދުމަށް ކިހާ ދުވަހެއް ހޭދަވާނެތަ؟