އުޟްޙިޔާ ޣައްޒާއަށް - 1447 ފުރިހަމަކުރި
24 މެއި 2026

އުޟްޙިޔާ ޣައްޒާއަށް - 1447

އުޟްޙިޔާގެ ގޮތުގައި ކަތިލުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ގެރިއެވެ، މިގޮތަށް ނިންމާފައިވަނީ ޖުމްލަ އަގަށް ބަލާއިރު ގެރި ކަތިލުމާއި ދަޅުގައި ބަންދުކޮށް ޣައްޒާއަށް ގެންދިޔުމަށް އަގު ހެޔޮވާތީއެވެ.

323,000
ހޯދިފައި
665,000
އަމާޒު
68
ހަދިޔާކުރި ފަރާތްތައް
48.6٪
ހޯދިފައިވާ
48.6٪ ހޯދިފައި
ގެރިއެއްގައި 7 ހިއްސާ ވެޔޭ ބުނަނީ ކީއްވެ؟
މާނައަކީ: އުޟްޙިޔާގެ ގޮތުގައި ގެރި ކަތިލާއިރު، ގެރީގައި 7 މީހަކަށް ހިއްސާ ވެވޭނެއެވެ. އެ ގޮތުން 7 މީހުން ބައިވެގެން 7 ހިއްސާ ގަނެ ގެރިއެއް ކަތިލެވޭނެއެވެ. މިސާލަކަށް ގެރިއެއްގެ ޖުމްލަ އަގަކީ، 33،250 ރުފިޔާއެވެ. 7 ބަޔަށް މި ޢަދަދު ބައި ކޮށްލީމަ ބަޔަކަށް ވާނީ 4750 ރުފިޔާއެވެ. 4750 ރުފިޔާ އަކީ އެކަކު ދައްކަން ޖެހޭ ވަރެވެ.

އުޟްޙިޔާގައި ޢާއިލާ ބައިވެރި ކުރެވޭނެއޭ ބުނަނީ ކިހިނެއް؟
މާނައަކީ: ތިމާ ކަތިލާ އުޟްޙިޔާ، ތިމާ ޚަރަދުކޮށް ބަލަހައްޓާ މީހުންގެ މަތިން ކަތިލެވިދާނެއެވެ. މިސާލަކަށް، އަޙްމަދު ގެރި ކަތިލުމުގައި ހިއްސާ ވާން ބޭނުންވެއެވެ. އެހެންވެ އޭނަ މި ގަތީ ގެރީގެ 1 ހިއްސާ އެވެ. އެއީ 4750 ރުފިޔާއަށެވެ. މި ކަތިލުމަކީ އަޙްމަދާއި އޭނަގެ އަނބިދަރިން އަދި  (އޭނަ ޚަރަދުކޮށް ބަލަހައްޓާ ނަމަ އޭނަގެ މައިންބަފައިން) ގެ މަތިން ކަތިލާ ކަތިލުމެއް ގޮތުގައި ނިޔަތް ގަނެވިދާނެއެވެ. 

އުޟްޙިޔާގެ 1 ހިއްސާ ގާތްތިމާގެ މީހުންނާއި ރައްޓެހިން ބައިވެގެން ގަނެވިދާނެތަ؟ 
އުޟްޙިޔާގައި، ބަކަރި ނަމަ އެކަކު އަމިއްލައަށް ކަތިލަން ޖެހޭނީ، ގެރިއާއި ޖަމަލުގައި 7 މީހަކަށް ހިއްސާ ވެވިދާނެއެވެ. އެހެނެއްކަމަކު 1 ހިއްސާގައި އިތުރު މީހުން ބައިވެރިއެއް ނުކުރެވޭނެއެވެ. އޭނަ ގަތް ހިއްސާއަކީ އޭނައާއި އޭނަގެ ބެލެހެއްޓުމުގެ ދަށުގައިވާ (ޚަރަދުކޮށް ބަލަހައްޓާ) މީހުންގެ މަތިން ކަތިލާ ކަތިލުމަކަށް ހެދިދާނެއެވެ.

އުޟްޙިޔާ ކަތިލާނެ ވަރު ނެތް މީހުންނަށް ޣައްޒާއަށް މަސް، ޞަދަޤާތް ކުރުމަށް ބައިވެރި ވެވިދާނެތޯ؟
އުޟްޙިޔާކަތިލާނެ ވަރަށް ފައިސާ ނެތް މީހުން ބައިވެގެން، ޣައްޒާއަށް މަސް ޞަދަޤާތް ކުރުމުގައި ބައިވެރިވެވިދާނެއެވެ. އެއީ، މިސާލަކަށް: ގިނަ ބަޔަކު ބައިވެގެން ކަތިލުމަށްފަހު މަސް ޞަދަޤާތް ކުރުން ފަދަކަމެކެވެ. އެހެނަސް ވިސްނުމުގައި ބަހައްޓަންވީ ނުކުތާއަކީ، އެއީ އުޟްޙިޔާގެ އަޅުކަން ނޫންކަމެވެ. އެއީ އެހެނިހެން ވެސް ޞަދަޤާތް ފަދައިން ޞަދަޤާތެއްކަމެވެ.

 އިސްރާ އެސޯސިއޭޝަނުން މި އަހަރު (1447) އުޟްޙިޔާ ކަތިލަނީ ކޮންތާކު؟ އަދި ކަތިލުމަށްފަހު ފޮޓޯ ވީޑިއޯ ހިއްސާ ކުރާނެތަ؟
މި އަހަރު ވެސް އުޟްޙިޔާ ކަތިލުމަށް ހަމަޖެހިފައިވަނީ މިޞްރުގައެވެ. 
އަޅުގަނޑުމެންގެ ހުރިހާ ޕްރޮޖެކްޓުތައް ވެސް ކުރިއަށް ދާއިރު އޭގެ ވީޑިއޯ ނުވަތަ ފޮޓޯ ހިއްސާ ކުރެވެމުންދެއެވެ. ﷲ އިރާދަކުރެއްވިއްޔާ މި ޕްރޮޖެކްޓުގެ ފޮޓޯ/ވީޑިއޯ ވެސް ހިއްސާ ކުރެވޭނެއެވެ. 1446 ވަހަ އަހަރުގެ އުޟްޙިޔާ މަޝްރޫޢުގެ ފޮޓޯ ވީޑިއޯ ވެސް ހިއްސާ ކޮށްފައިވާނެއެވެ. 

އުޟްޙިޔާގެ މަސް ޣައްޒާއަށް ގެންދަނީ ކިހިނެތް؟
އުޟްޙިޔާ ކަތިލުމަށްފަހު އެ މަސް ފިނިކޮށް ރައްކާކުރެވޭނެއެވެ. ޣައްޒާއަށް ވެއްދޭނެގޮތް ވުމުން އެ ކެއްކުމަށްފަހު ރައްކާތެރިކަމާއެކު ދަޅުގައިބަންދުކޮށް ފިނިކޮންޓެއިނަރުތަކުގައި ޣައްޒާއަށް ވައްދާނީއެވެ.

ޣައްޒާއަށް ވެއްދުމަށް ކިހާ ދުވަހެއް ހޭދަވާނެތަ؟
އުޟްޙިޔާ ކަތިލުމަށްފަހު ވީ އެންމެ އަވަހަކަށް ޣައްޒާއަށް ވެއްދުމުގެ މަސައްކަތް ކުރެވޭނެއެވެ. ޣައްޒާގެ ބޯޑަރަކީ އާންމުކޮށް ހުޅުވާފައި ނުވަތަ ފަސޭހައިން އެއްޗެހި ވެއްދޭ ގޮތަށް ހުރި ބޯޑަރަކަށް ނުވާތީ، ސީދާ މުއްދަތެއް ކަނޑައަޅާ ބުނަން ދައްޗެވެ.