ފިތުރު ޒަކާތް ޣައްޒާއަށް - 1446 ފުރިހަމަކުރި
5 އޭޕްރީލް 2025

ފިތުރު ޒަކާތް ޣައްޒާއަށް - 1446

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އާއި އިސްރާ އެސޯސިއޭޝަން ގުޅިގެން ފަލަސްޠީނު ރައްޔިތުންނަށް ފިތުރު ޒަކާތް ފޯރުކޮށްދިނުން.

520,000
ހޯދިފައި
520,000
އަމާޒު
0
ހަދިޔާކުރި ފަރާތްތައް
100٪
ހޯދިފައިވާ
100٪ ހޯދިފައި
1446ހ. ވަނަ އަހަރު ދިވެހި ރައްޔިތުން ޖަމާކުރި ފިތުރުޒަކާތުގެ ފައިސާއިން ފަލަސްޠީނުގެ ރައްޔިތުންނަށް ދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކަނޑައެޅި 500،000 ރުފިޔާ، މި ޖަމްޢިއްޔާ މެދުވެރިކޮށް ޣައްޒާއަށް ފޮނުވާފައިވެއެވެ.މީގެ އިތުރުން ހެޔޮ އެދޭ ފަރާތްތަކުން ޣައްޒާއަށް ފޮނުވަން ހަވާލު ކުރި 20،000 ރުފިޔާގެ ފިތުރުޒަކާތް ވެސް ފޮނުވާފައިވާނެއެވެ.

ﷲގެ ރަޙްމަތުން މި އަހަރުގެ ފިޠުރު ޢީދު ދުވަހުގައި ވެސް ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް، ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ކާބޯތަކެތި ގަނެ ފޯރު ކޮށްދީފައިވާނެއެވެ.