ފުރިހަމަކުރި
ފަލަސްޠީން ފޯރަމް
އައި،ޔޫ.އެމް. އެސް. ޔޫ. އާއި އިސްރާ އެސޯސިއެޝަން ގުޅިގެން ބައްވާ ޚާއްޞަ ފޯރަމް.
ހަމަ އެހެންމެ މިއަދު ފަލަސްޠީނަށްޓަކައި އިސްލާމީ އުންމަތުގެ މައްޗަށް ވާޖިބުވެގެންވާ ކަންކަމުގެ މައްޗަށް ވެސް އަލިއަޅުވާލާނެއެވެ.
މީގެ އިތުރުން މިއަދު ޣައްޒާއާ ދެކޮޅަށް އަނިޔާވެރި ޞަހްޔޫނީން ހިންގަމުންދާ ޢުދުވާނީ ހަމަލާތަކުގެ މައްޗަށް ވެސް ތަފްޞީލުކޮށް އަލިއަޅުވާލާނެއެވެ. އެގޮތުން ޣައްޒާގެ ރައްޔިތުންނަށް އެކި ގޮތްގޮތުން ދެމުން ގެންދާ އަނިޔާވެރި ޢަމަލުތަކުގެ މައްޗަށް ވެސް މި ފޯރަމްގައި އަލިއަޅުވާލާނެއެވެ.
އަދި ފަލަސްޠީނަށް ނަޞްރުވެރިވުމަށްޓަކައި މުސްލިމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ވެސް ފޯރުކޮށްދެވޭނެއެވެ.