އަނިޔާވެރި ޞަހްޔޫނީން މަސައްކަތް ކުރަމުންދަނީ ފަލަސްޠީނުގެ ރައްޔިތުންގެ އުންމީދުތައް ފުނޑުފުނޑުކޮށްލުމަށެވެ.
ބަނޑުހައިވެފައި ތިބި ކުޑަކުދިންގެ ބަނޑަށް އެ ކާނާ ފޯރުމުގެ ކުރިން، އަނިޔާވެރި ޞަހްޔޫނީން ވަނީ އެ ކާބޯތަކެތި ތައްޔާރުކުރާ ތަނަށް ޢުދުވާނީ ހަމަލާތަކެއް ދީފައެވެ. މި ހަމަލާގައި، އިންސާނިއްޔަތަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަތިވެރި މަސައްކަތުގައި ސާބިތުވެ ތިބި މީހުންގެ ތެރެއިން ތިން މީހުން ޝަހީދުވިއެވެ. އަދި އެތައް ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް ބަހާ "ޕާންކޮޅެއް" ނުވަތަ "ކާ އެތިކޮޅެއް" ދެކެ ބިރުގަންނަނީ ކޮންފަދަ އަނިޔާވެރި ބައެއް ހެއްޔެވެ؟ އަދި ނިކަމެތިންގެ ކާނާއާ ލޭ އެކުވެގެންދާއިރު، މުޅި ދުނިޔެ މިފަދަ ހިމޭންކަމެއްގައި އޮތުމަކީ ކޮންފަދަ ބޮޑު އިހުމާލެއް ހެއްޔެވެ؟
މާތް الله ޝަހީދުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވައި، ޒަޚަމްވެފައިވާ މީހުންނަށް އަވަސް ޝިފާއެއް ދެއްވާށިއެވެ. އަދި ޣައްޒާގެ އަހުލުވެރިން، އެއްވެސް ރަޙުމެއް ނެތް އަނިޔާވެރިންގެ ކިބައިން ސަލާމަތްކުރައްވައި ރައްކާތެރިކަން ދެއްވާށިއެވެ.